ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންނަށް ދޭން އޮތް އެންމެ މުހިއްމު މެސެޖަކީ ކުނި ނަގައި ޑަސްބިން ކުރުން: ގަމު ކައުންސިލް ރައީސް

Thimaaveshi himaayaiy kurumah rayyithunnah dheyn oiy enme muhinmu message akee kuni naga dustbin kurun: Gan Council Raees

ތިމާވެށި ހިމާޔަތްކުރުމަށް ރައްޔިތުންނަށް ދޭން އޮތް އެންމެ މުހިއްމު މެސެޖަކީ ކުނި ނަގައި ޑަސްބިން ކުރުން ކަމަށާއި ރަށުގައި އިންދާ ގަސް އިތުރުކުރަން ޖެހޭ ކަމަށް ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ގަމުގައި ކުރިޔަށް ގެންދިޔަ ހަރަކާތާ ދޭތެރޭ ގަމު ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ ވިދާޅުވީ ގައުމީ ފެންވަރުގައި ލ.އަތޮޅުގައި، ވަކިން ހާއްސަކޮށް ލާމު ގަމުގައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މިކަމުގައި ގަމުގައި ހިމެނޭ ހުރިހާ މުއައްސަސާއެއް ބައިވެރިވެފައިވާތީ ވަކިން ބޮޑަށް އުފާކުރާ ކަމަށާއި، ގަމަކީ އެންމެ ބޮޑު ރަށް ކަން ފާހަގަކުރައްވާ ޒަކީ ވިދާޅުވީ ރަށުގެ ގޮނޑުދޮށް ސާފުކޮށްފައިވާތީ އެކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

މީގެއިތުރުން ޒަކީ ވިދާޅުވީ އިވެންޓް ކުޑަވަގުތުކޮޅެއްގަ ތެރޭގައި ކުރިއަށްގެންދިޔަ ނަމަވެސް އިވެންޓް ހިންގާފައިވާ ގޮތާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްކޮށްފައިވާ ކުންޏަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަށަށް ލައްވެވަފައިވާ ކުންޏަށް ވީތީވެ، އެ އަދަދު ގިނަ ކަމުން ހައިރާން ވާ ކަމަށެވެ.

“އަޅުގަނޑު ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ރައްޔިތުންނަށް ދޭން އޮތް އެންމެ މުހިއްމު މެސެޖަކީ ރަށުން، މޫދުން ލައްވެފައި ހުންނަ ކުނި ނަގައި ޑަސްބިން ކުރެވޭ ގޮތަށް ހެދުން. އެއީ އެންމެ މުހިއްމު އެއް ކަންތައް.”

ޒަކީ އިތުރަށް ވިދާޅުވީ ގޮނޑުދޮށުގައި އުފެދިފައިވާ ގަސްތައް ހިމާޔަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިކަމަށްޓަކައި ގޮނޑުދޮށް ހިމާޔަތް ވާނޭ ގޮތަށް ގޮނޑުދޮށާއި ގުޅުންހުރި ގަސްތައް އިންދުމަކީ ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. ހަމަމިއާއެކު، ޒަކީ ވަނީ ރަށުތެރޭގައި ގަސް މަދު ވަމުންދާ ކަން ފާހަގަކޮށް ގަސް އިތުރަށް އިންދުމަށް އިލްތިމާސްކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments