ލަސާ ކުރަނގި އާއި ކިޔުއެމް ޓީމް 1 ސެމީ އަށް

LASA Kurangi aai QM Team 1 Semi ah

މިހާރު ކުރިޔަށްދާ ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ކާމިޔާބުކޮށް، ލަސާ ކުރަނގި އާއި ކިޔުއެމް ޓީމް 1 ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ލަސާ ކުރަނގިން ސެމީގެ ޖާގަ ހޯދީ އިއްޔެ ހަވީރު 4-0 ގެ ނަތީޖާއަކުން ކިޔުއެމް ޓީމް 2 ބަލިކުރުމަށްފަހުއެވެ. މިއާއެކު، ލަސާ ކުރަނގިއަށް ވަނީ ހަ ޕޮއިންޓު ލިބިފައެވެ. މި މެޗުގައި ލަސާ ކުރަނގިގެ ޒާން ހެޓްރިކް ހެދިއިރު، ހަސަން އަލާއު ވަނީ ލަނޑެއް ޖަހާފައެވެ.

ކިޔުއެމް ޓީމް 1 އިން ސެމީގެ ޖާގަ ހޯދީ ފުރިހަމަ ރެކޯޑަކާއެކުއެވެ. އެ ޓީމުން ވަނީ މީގެކުރިން، ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. އިއްޔެ އެ ޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ލަސާ ވައްލަ ބަލިކޮށްފައެވެ. ކިޔުއެމް ޓީމް 1 ގެ އަކްމަލް ހެޓްރިކް ހެދިއިރު ޝުއައިބް ވަނީ ލަނޑެއް ޖަހާފައެވެ.

އިއްޔެ ހަވީރު މާއްޓޭ ސްޕޯޓްސް އާއި ލަސާ ހޯރަ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާއްޓޭ ސްޕޯޓްސް އެވެ. މާއްޓޭ ސްޕޯޓްސްގެ ލަނޑުތައް ޖެހީ އަޒާން އާއި މާއިޒް އެވެ. ލަސާ ހޯރަގެ ހަމައެކަނި ލަނޑު ޖެހީ ދާނިޔާލް އެވެ.

މިއަދު ހަވީރުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލަސާ ވައްލަ އާއި ލަސާ ހޯރަ އެވެ. އަދި ފަހު މެޗުގައި ލަސާ ރަތަފަ ނިކުންނާ ކިޔުއެމް ޓީމް 3 އާ ދެކޮޅަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments