ބީއެމްއެލްގެ ޑެބިޓް ކާޑުން ޓެމޫ އަދި ޝީއިން ފަދަ ސައިޓްތަކުން ކުރާ ވިޔަފާރިތަކަށް ފީއެއް ނަގަނީ

BML ge debit card in temu adhi shein fadha site thakun kuraa viyafaari thakah fee eh naganee

އޮންލައިން ވިޔަފާރި ކުރުމަށް އާންމުކޮށް ބޭނުންކުރާ ވިޔަފާރި ސައިޓްތަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޑު ކާޑުން ފައިސާ ދައްކާނަމަ 30 އިިންސައްތައިގެ ފީ އެއް ނެގުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން  ވަނީ ބޭންކްގެ ޑެބިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ ލިމިޓު 500 ޑޮލަރަށް ބޮޑުކޮށްފައެވެ.

ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، މިގޮތަށް ކުރެވޭ ބައެއް ސައިޓްތަކުން (މިވަގުތު ޓީމޫ، ޝެއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އިން އެކަނި) ފައިސާ ދައްކާއިރު،30 އިންސައްތައާ ހަމައަށް ފީ އެއް ނެގުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނިީ ބުނެފައެވެ.

ނަމަވެސް، މީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންނަތަކަށް ފައިސާގެ މުއާމަލާތް ކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް ބީއެމް އެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނުގައި ބުނީ މި ބަދަލަކީ  ބޭންކްގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޑް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ.

މީގެއިތުރުން، ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ގެނެސްފައިވާނެކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަމިއާއެކު، އެ ބަޔާނުގައި ރާއްޖޭން ބޭރަށް ދަތުރުނުކުރާ ފަރާތްތަކުގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމުން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އޭޓީއެމް ފައިސާ ނެގުމުން ވެސް 10 ޑޮލަރު ގެ ފީއެއް ނަގާނެ ކަމަށް ބުނެފައިވެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments