ޑިމާންޑް ނެތުމުން ކައްދޫ އޮފީހުން ޓިކެޓް ވިއްކުން ހުއްޓާލައިފި

Demand nethumun kahdhoo office ein ticket vihkun huhtaalaifi

ޑިމާންޑް ނެތުމުގެ ސަބަބުން ލ.ކައްދޫގެ މޯލްޑިވިއަން އޮފީހުން ޓިިކެޓް ވިއްކުން ހުއްޓާލައިފިއެވެ.

މޯލްޑިވިއަންގެ ކައްދޫ އޮފީހުގެ އިތުރުން އައްޑޫ އޮފީހުން ވެސް ވަނީ ޓިކެޓު ވިއްކުން ހުއްޓާލާފައެވެ. މި ހިދުމަތް ހުއްޓާލާފައިވަނީ ގިނަ މީހުން ޓިކެޓް ނަގަނީ މޯލްޑިވިއަންގެ ޓިކެޓް އޭޖެންޓުން މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ވެބްސައިޓުން ކަމަށް ވާތީއެވެ.

ޓިކެޓް ދޫކުރުން ހުއްޓާލި ނަމަވެސް، މޯލްޑިވިއަންގެ އެހެން ހިދުމަތްތައް ކައްދޫ އޮފީހުން ލިބޭނެއެވެ. ލާމު އަދި އައްޑޫ އަތޮޅުން ދަތުރުކުރާ ފަރާތްތަކުން ކުރިއަށް އޮތްތަނުގައި ރިޒަރވޭޝަން ހެދުމާއި ޓިކެޓް ބަދަލުކުރުމަށް އޮންލައިން އަދި ރެމޯޓު ޗެނަލްތައް ބޭނުންކުރުމަށް މޯލްޑިވިއަނުން ވަނީ އަންގާފައެވެ.

މޯލްޑިވިއަންގެ ޓިކެޓް، ވެބްސައިޓުންނާއި އެޕްލިކޭޝަން މެދުވެރިކޮށް އަދި ވައިބާ އާއި އީމެއިލް އާއި ކޯލް ސެންޓަރު މެދުވެރިކޮށް ނެގޭނެ އެވެ.

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments