މާވަށް ހިމެނޭހެން 6 ރަށެއްގައި ފުލުހުންގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަނީ
Maavah himeneyhen 6 rasheh gai fuluhunge imaaraatheh alhaane bayaku hoadhanee

ލ.މާވަށް ހިމެނޭހެން 6 ރަށެއްގައި ފުލުހުންގެ އިމާރާތެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެގޮތުން، އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އެކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.
ފުލުހުންގެ އެކޮމޮޑޭޝަންއާ އިމާރާތް ގާއިމްކުރާ ރަށްތައް:
ލ.މާވަށް
ހއ. ދިއްދޫ
ހދ.ކުޅުދުއްފުށި
ރ.މަޑުއްވަރީ
ށ.ފީވަށް
ތ.ވޭމަންޑޫ
މާވަށުގެ ފުލުހުންގެ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިޑް ސެކިއުރިޓީގެ އަގަކީ 72,250 ރުފިޔާ އެވެ. މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މަހުގެ 29 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮތީ މި މަހުގެ 30 ވާ ބުދަ ދުވަހުގެ 10:00 ގައެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް، ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500 ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެއެވެ.