“ފަތާލާމު” ޕްރޮގްރާމް ތިން ސްކޫލެއްގެ ދަރިވަރުންނަށް ފެށިގެން ކުރިއަށް

"Fathaalaamu" Program 3 school ehge dharivarunnah feshigen kuriyah

ލާމު އަތޮޅުގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ލާމު ޕޮލިސް ގުޅިގެން ކުރިޔަށްގެންދާ “ފަތާލާމު” ޕްރޮގްރާމް ތިން ސްކޫލެއްގައި ފެށިގެން ކުރިޔަށް އެބަދެއެވެ.

“ފަތާލާމު” ޕްރޮގްރާމް މިވަގުތު ކުރިޔަށް ގެންދަނީ ގަމު މުކުރިމަގު ސްކޫލާއި މުންޑޫ ސްކޫލުގެ އިތުރުން ކުނަހަންދޫ ސްކޫލުގެ ކުދިންނަށް ހުޅުވާލައިގެނެވެ. ލ.އަތޮޅުގެ މީހުން ދިރިއުޅޭ ބާކީ ހުރިހައި ރަށެއްގައި މީގެކުރިން މި ޕްރޮގްރާމް ހިންގާފައިވާ ކަމަށް ލާމު ޕޮލިހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ގަމު މުކުރިމަގު ސްކޫލުގެ ކީ ސްޓޭޖު 1 އަދި 2 ގެ 45 ދަރިވަރުން ދަނީ މި ޕްރޮގްރާމްގެ ދަށުން ފަތަން ދަސްކުރަމުންނެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ކުނަހަންދޫ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގެނީ އެސޯސިއޭޝަނާއި ރަށްރަށުގެ ކައުންސިލް އަދި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އެހީތެރިކަމާއެކު ކަމަށް ލާމު ޕޮލިހުން ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments