ލަސާ ރަތަފަ ބަލިކޮށް، ޗެމްޕިއަންކަން ކިޔުއެމް ޓީމް 1 އަށް
LASA Rathafa balikoh, Champion kan QM Team 1 ah

ބައިސަން 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން ލަސާ ރަތަފަ ބަލިކޮށް، ކިޔުއެމް ޓީމްް 1 އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ޖުމްލަ އަށް ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް ލަސާ ރަތަފަ ދަތުރުކުރީ ސެމީ ފައިނަލުގައި ލަސާ ވައްލަ ބަލިކުރުމަށްފަހުއެވެ. އަދި ކިޔުއެމް ފައިނަލުން ޖާގުން ހޯދީ ސެމީގައި ލަސާ ކުރަނގި ބަލިކުރުމަށްފަހުއެވެ.
ފޮނަދޫ ބަރާސިލް ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ކިޔުއެމް ޓީމުގެ ޝުއައިބު އެވެ.
ފުރަތަމަ ހާފުގައި ކިޔުއެމް އިން ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް، ދެވަނަ ހާފުގައި ލަސާ އިން ވަނީ ކުޅުން ރަނގަޅުކޮށް، ލަނޑެއް ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް، އެ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.
ފައިނަލް މެޗަށްފަހު، މުބާރާތުގައި ބައިވެރިވި ހުރިހައި ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. މި މުބާރާތަކީ ލ.އަތޮޅުގެ އެކަޑަމީތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދިޔަ މިފަދަ ފުރަތަމަ މުބާރާތެވެ.