ލާމު ލިންކް ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ
Laamu Link road gai hingi nurahkaatheri accident ehgai 2 myhakah aniyaavehje

ލާމު ލިންކް ރޯޑުގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 9:12 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ފޮނަދޫން ގަމަށް ދަތުރުކުރި ސައިކަލެއް، މާންދޫ ބެންޑުން ކޮންޓްރޯލް ނުވެ، ހޮޅިދަނޑިއެއްގައި ޖެހިގެނެވެ.
“ލާމު އެމްވީ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވެ އަނިޔާ ލިބިފައިވަނީ ލ.މާމެންދޫ އަންހެނަކަށާއި ކ.ގުރައިދޫ އަންހެނަކަށެވެ. މި ދެ މީހުނަށް ލިބުނު އަނިޔާގެ ކުޑަބޮޑުމިން އަދި ކަށަވަރުވެފައެއް ނުވެއެވެ.
ލާމު ލިންކް ރޯޑުގެ މާންދޫ ބެންޑު ސަރަހައްދަކީ މީގެކުރިންވެސް ގިނަ އަދަދެއްގެ އެކްސިޑެންޓް ހިނގައި، ހިތާމަވެރި ހާދިސާތައް ހިނގާފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ދުއްވާއިރު ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.