ހަފުތާ ބަންދަށް މޫސުން ގޯސް! ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި!

Hafthaa bandhah moossun goas! kandu dhathuru kuraa faraaiy thakun samaaluvumah ilthimaas kohfi!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.

އެ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ލާމުއަތޮޅާ ހަމައަށެވެ. ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިރޭ 19:30 އިން 23:30 އަށެވެ.މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 5 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ވިއްސާރަވެ،ކަނޑުތައް ގަދާވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ރީނދޫ ސަމާލަށްފަހުގައި ވެސް ހއ އަތޮޅުން، ލާމު އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ 20:00 އިން މާދަމާ މެންދުރު 02:00 އަށެވެ. މޫސުން ގޯސްވެ ބައެއް ރަށްރަށް ދަނީ އުދަވެސް އަރަމުންނެވެ،

ކަމާއި ބެހޭ އިދާރާތާކުން ވަނީ ހާއްސަކޮށް ކަނދުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ. މެޓް އޮފީހުން ބުނީ ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށާއި، ޒަރޫރީ ކަނޑުދަތުރުތައް ނޫނީ ނުކުރުމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments