ގަމަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

Gamah masthuvaa thakethi etherekuri meehaku hayyarukohfi

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ލ.ގަމަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އިއްޔެ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން، ގަމު ފުލުހުން ވަނީ މެންދުރު 13:45 ގައި ތ.ގާދިއްފުށިން ގަމަށް އައި 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. މުކުރިމަގު ބަނދަރަށް ލޯންޗު ފެރީ ގާތްކުރި ވަގުތު ފުލުހުން ވަނީ އޭނާ ބަލައިފާސްކުރުމަށް ގަމު ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.

ސްޓޭޝަނަށް ގެންގޮސް ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ހުރި ދެ ޕެކޭޖް ވަނީ ފެނިފައެވެ. ދެ ޕެކޭޖުގެ ބަރުދަނުގައި ޖުމްލަ 321.40 ގްރާމް ހިމެނޭ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments