އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ލާމު ކައްދޫއަށް

Iyye enme boakoh vaarey vehunee laamu kahdhoo ah

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ ލ.ކައްދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ތަފާސްހިސަބުތަކުން ދައްކައިފިއެވެ.

މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ކައްދޫއަށް ފާއިތުވި 24 ގަޑިއިރުު 79.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައިވެއެވެ. މި ހަފްތާ ބަންދުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ. މެޓް އިން ދަނީ މޫސުން ގޯސް ހިސާބުތަކަށް ސަމާލުތައް ނެރެމުންނެވެ.

ބޯކޮށް ވާރޭ ވެހުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އަދި ކަޑުތައްވެސް ގަދަވާނެކަމަށް ލަފާކޮށް މެޓް އިން ވަނީ ހުދު ސަމާލު ނެރެފައެެވެ. ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ލާމު އަތޮޅަށެވެ.

ކަމާއި ބެހޭ ފަރާތްތަކުން ވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވުމުގެ ސަބަބުން، ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އަންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments