ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖުގެ ގުރު ނަގައިފި
Jozy MV Futsal Challenge ge guru nagaifi

އަންނަ އާދީއްތަ ދުވަހު ހިތަދޫގައި ފެށުމަށް ހަމަޖެހިފައިވާ “ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް2025” ގެ ގުރު ނަގައިފިއެވެ.
ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގެ ގުރު ނަގާފައިވަނީ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގައި ވާދަކުރާ އަށް ޓީމު ވަނީ ހަތަރު ގުރޫޕަކަށް ބަހާލެވިފައެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
މުބާރާތުގެ ގުރޫޕު “އޭ” ގައި ހިމެނެނީ ހައިޑްރާ، ސްކުއިޑޯ، ބެންޗް ބްރަދާސް އަދި އެންމެ ފަހުގެ ޗެމްޕިއަން، ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ބީޖީއެސްސީ) އެވެ. ގުރޫޕު “ބީ” ގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް، ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ)، ކުނަހަންދޫ އެފްޓީ، ފޯކަސް ސްޕޯޓްސް ކްލަބް އަދި ބިގް ގޭންގް ސްޕޯޓްސް ކްލަބެވެ.
އާދީއްތަ ދުވަހު މުބާރާތް ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ބީޖީއެސްސީ އާއި ހައިޑްރާ އެވެ. ދެވަނަ މެޗުގައި ޖީޖީއެސްސީ ނިކުންނާނީ ކުނަހަންދުއާ ދެކޮޅަށެވެ. އަދި އެރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ބެންޗް ބްރަދާސް އާއި ސްކުއިޑޯ އެވެ.
އާދީއްތަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމަޔަށް ކުރިޔަށްދާނީ ގުރޫޕް ސްޓޭޖުގެ މެޗުތަކެވެ. އަދި، ބުރާސްފަތި ދުވަހު ސެމީ ފައިނަލް މެޗު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އެވެ.
މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގެވެސް މީޑިއާ ޕާޓްނަރަކީ “ލާމު އެމްވީ” އެވެ.