ބީޖީއެސްސީ ސެމީއާ ގާތަށް، ފޯކަސް އާއި ހައިޑްރާ އަށް ފުރަތަމަ މޮޅު
BGSC Semi aa gaathah, Focus aai HYDRA ah furathama molhu

މިހާރު ކުރިޔަށްދާ ހައްދުންމަތީ ހިތަދޫ ކައުންސިލް ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖުގައި ރޭ (ބްރޭވް ޖެނެރޭޝަން ސްޕޯޓްސް ކްލަބް) ބީޖީއެސްސީން ދެވަނަ މޮޅާއެކު ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، ފޯކަސް ސްޕޯޓްސް ކްލަބާއި ހިތަދޫ އައިލެންޑް ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަނަލް އެސޯސިއޭޝަން (ހައިޑްރާ) އިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފޯކަސް އާއި ބިގް ގޭންގް ސްޕޯޓްސް ކްލަބެވެ. މިއީ މި ދެ ޓީމުގެވެސް ފުރަތަމަ މެޗެވެ. ފޯކަސް އިން ވަނީ 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. މި މެޗުގައި ފޯކަސްގެ ދެ ލަނޑުވެސް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ރުވާއު އެވެ. ބިގް ގޭންގްގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު އަޔާޒް އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހައިޑްރާ އާއި ސްކުއިޑޯ އެވެ. ފުރަތަމަ މެޗުން ހައިޑްރާ ބަލިވެފައިވާއިރު، ސްކުއިޑޯގެ ފުރަތަމަ މެޗުގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން، އެ މެޗުގެ ބާކީ އޮތް 10 މިނެޓު ފަހުން ކުޅުމަށް ވަނީ ނިންމާފައެވެ.
ހައިޑްރާ އިން ވަނީ 4-0 ގެ ނަތީޖާއަކުން ސްކުއިޑޯ ބަލިކޮށް، އުއްމީދު އައުކޮށްފައެވެ. މި މެޗުގައި ހައިޑްރާގެ މުހައްމަދު މުނާޒް ދެ ލަނޑު ޖެހިއިރު އަނެއް ދެ ލަނޑު ޖެހީ އަލީ ޝަޒުމީ އާއި އަބްދުﷲ އައްފާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުނާޒް އެވެ.
ރޭގެ ފަހު މެޗުގައި 2-0 ގެ ނަތީޖާއަކުން ބެންޗް ބްރަދާސް ބަލިކޮށް، ބީޖީއެސްސީ ވަނީ ސެމީ ފައިނަލާ ގަތަށް ޖެހިލާފައެވެ. މި މެޗުގައި ބީޖީއެސްސީގެ ލަނޑުތައް ޖެހީ ހުސައިން ޝަރީފް (އޮންލީ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ އޮންލީ އެވެ.