ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ އާންމުކުރަން ފަށައިފި
Dharinnah haradhu nudhey meehunge photo aanmu kuran fashaifi

ދަރިންނަށް ހަރަދު ނުދޭ މީހުންގެ ފޮޓޯ އާންމު ކުރަން ފެމިލީ ކޯޓުން ނިންމައިފިއެވެ.
ފެމިލީ ކޯޓުން ވަނީ ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް އާންމުކޮށްފައެވެ. ފެމިލީ ކޯޓުން ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ ފިރިހެން މީހާގެ ފޮޓޯ އާއްމުކުރީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ މީހުންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
އެމީހާގެ ފޮޓޯއާއެކު އައިޑީ ކާޑު ނަމްބަރާއި އެޑްރެސް ވެސް ވަނީ އާންމުކޮށްފައެވެ. އެއީ، ދަފްތަރު ނަމްބަރު 2758، އަހުމަދު އަލީ އެވެ.
ދަރިންނަށް ހަރަދު ނުދޭ މީހުންގެ ވަނަވަރު އާންމުކުރުމަށް މީގެ ކުރިންވެސް ވަނީ ނިންމާފައެވެ. ނަމަވެސް، މިއީ ދަރިންނަނަށް ހަރަދު ނުދީގެން ފޮޓޯ އާންމުކުރި ފުރަތަމަ ފަހަރެވެ. ހަރަދު ނުދޭ މީހުންގެ ވަނަވަރު ހާމަކުރުމަށް ގިނަ ބަޔަކު ވަނީ ތާއީދުކޮށް، ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށްފައެވެ.