ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވީ 922 ބޭފުޅުން: ރައީސް އޮފީސް
Sarukaaruge siyaasee magaamuthakugai thihbevee 922 beyfulhun: Raees office

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މިވަގުތު ތިއްބެވީ ީ922 މީހުން ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
އެގޮތުން ރައީސް އޮފީހުން ވަނީ އެ ވަޒީފާގެ މަގާމުތައް ފެތޭ ގިންތިތައް ވެސް ހާމަކޮށްފައެވެ. އެއީ:
– ވަޒީރުންގެ ގޮތުގައި 20 ބޭފުޅުން
– ވަޒީރުންގެ ފެންވަރުގައި 14 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން
– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅުން
– ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން
– ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 318 ބޭފުޅުން
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން
– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން
– އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި، އިސްތިއުފާ ދެއްވުމާއި، އަދި އަލަށް މީހުން ވަޒީފާތަކަށް އައްޔަންކުރުމަކީ ކޮންމެ ރިޔާސީ ދައުރެެއްގައިވެސް ހިނގާ ކަމެއްކަމަށް ފާހަގަކޮށް ރައީސް އޮފީހުން ބުނީ، ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދަށް އަބަދުވެސް ބަދަލު އަންނާނޭ ކަމަށެވެ.