ވިއްސާރައާ ގުޅިގެން ގަމުގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް!
Vissaara aa gulhigen gamuge dhanduthakah bodethi gehlun thakeh!

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން ލ.ގަމުގެ ދަނޑުހައްދާ މީހުންގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިކަމާއި ގުޅިގެން ލާމު އެމްވީ އަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ސީނިއާ ކައުންސިލް އޮފިސަރު އަހުމަދު ޝުޖާއު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބަނު ދަނޑުތަކަށް ގެއްލުން ލިބިގެން ގަމު ކައުންސިލް އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި މިރުސް އަދި ކިއުކަމްބަރ ފަދަ ދަނޑުތަކުގައި ފެންބޮޑުވެގެން، އެ އެއްޗެހި ހަލާކުވެގެން ދަނޑުވެރިން ރިޕޯޓްކޮށްފައިވާ ކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ. ޝުޖާއު އިތުރަށް ވިދާޅުވީ މި މައްސަލައަކީ ގުދުރަތީ ކަމެއް ކަމަށް ވުމުން ކައުންސިލަށް މިކަމަށް ދާއިމީ ހައްލެއް ފޯރު ނުކޮށްދެވުނަސް، މިހާރު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ބޯކޮށް ވާރޭވެހި، މޫސުމަށް އަންނަ ބަދަލުތަކާ ހުރެ، ގަމުގެ ދަނޑުތަކުގައި ފެންބޮނޑުވެ، އެކި ވަރުގެ ގެއްލުން ލިބިގެން ރިޕޯޓް ކުރަމުން އަންނަ ކަމަށާއި، މިފަދަ މައްސަލަތައް ޑިޒާސްޓާ މެނޭޖްމެންޓް އަތޯރިޓީއަށް ހުށަހަޅާކަމަށް އޭނާ ވިދަޅުވިއެވެ. އަދި އެ އަތޯރިޓީއަށް ހުށަހެޅުމުން ދަނޑުވެރިންނަށް ލިބޭ ގެއްލުމުގެ ބަދަލުގައި ފައިސާ ފޯރުުކޮށްދޭކަންވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.