ލާމުު އަތޮޅުގައި އައިޑީކާޑުގެ ހިދުމަތް ފަށައިފި
Laamu atoll gai ID card ge hidhumaiy fashaifi

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތް ލާމު އަތޮޅުގައި ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނީ ލ. އަތޮޅުގައި އައިޑީ ކާޑު ހިދުމަތް ފަށާފައިވާއިރު، އެ އަތޮޅު ކައުންސިލް މެދުވެރިކޮށް އަތޮޅުގެ އެހެން ހުރިހާ ރަށު ކައުންސިލްތަކަށް އައިޑީ ކާޑު ޕްރިންޓްކޮށް ފޮނުވޭނެ ކަމަށެވެެ.
މީގެއިތުރުން, އެ އިދާރާއިން ބުނީ ލ. އަތޮޅުގައި ފެށި މި ހިދުމަތާއެކު, އައިޑީ ކާޑު ލިބުމުގައި ލަސްވުމުގެ މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ލާމު އަތޮޅުގައި ފެށި މި ހިދުމަތާއެކު, 28 ރަށެއްގައި އައިޑީ ކާޑުގެ ހިދުމަތް ލިބޭނެއެވެ.