މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފި
Maavashugai meehakah valhin hamalaadhee maraalaifi

ލ.މާވަށުގައި މީހެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.
ފުލުހުން ބުނި ގޮތުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:12 ހާއިރު ވަނީ ފުލުހުންނަށް ރިޕޯޓު ކޮށްފައެވެ.
މި މާރާމާރީގައި އަނިޔާވި މީހާ މާވަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ވަނީ މައުލޫމާތު ދީފައެވެ. ނިޔާވެފައިވަނީ ލ.މާވަށު، އުމުރުން29 އަހަރުގެ މޫސާ އިބްރާހިމް އެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގެ ތުހުމަތުގައި ހދ.ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.