މޫސާ އިބްރާހިމް އަށް ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރު ފެނިއްޖެ

Moosa Ibrahim ah hamalaadhinumah beynunkuri hathiyaaru fenihje

ލ.މާވަށުގައި މިއަދު މަރާލި މޫސާ އިބްރާހިމް އަށް ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރު ފެނިއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލާފައިވާއިރު، ހަމަލާދިނުމަށް ބޭނުންކުރި ހަތިޔާރު މިހާރު ވަނީ ފެނިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ވަޅިއަކުންނެވެ. އަދި އެ ވަޅި ފެނިފައިވަނީ ރަށުގެ ބޮޑު ފުޓުބޯޅަ ދަނޑުގެ އުތުރު ފަރާތު އޮންނަ މޫދުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ހދ.ނޮޅިވަރަންފަރު، މުހައްމަދު އިބްރާހިމް ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންގެ މެދުގައި ވަނީ މައްސަލަތަކެއް ޖެހިފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ފުލުހުން ދަނީ އެ ސަރަހައްދުން ސާމްޕަލްތައްވެސް ނަގަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments