ވައިގަދަވެ, މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
Vaigadhave, moosun goas vaane kamah lafaakoh mulhi raajje ah hudhu samaalu nerefi

ވައިގަދަވެ, މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން މިރޭ 20:00 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.
އެ އިދާރާއިން ބުނީ ހުދު ސަމާލު ނެރެފައިވާ ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކިހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް މެޓް އިން ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިއަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުމުގައި އާންމުކޮށް ހުންނަނީ ވަރަށް ގަދަ ނަކަތްތަކެވެ. އެގޮތުން, ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތް ”ފުސް“ ނިމި، އަހުލިހަ ނަކަތް މިހާރު މިވަނީ ފެށިފައެވެ.