ގަމުގެ އިޖުތިމާއީ ސަރަހައްްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް އަނެއްކާވެސް ހުޅުވާލައިފި

Gamuge ijuthimaaee sarahahdhuthah saafukuraa faraaiythakuge pool gai registry vumah anehkaa ves hulhuvaalaifi

ގަމުގެ އިޖުތިމާއީ ސަރަހައްދުތައް އަދި ބޮޑެތި މަގުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ކުރި އިއުލާނު ބާތިލްކޮށް، އަލުން ހުޅުވާލައިފިއެވެ.

ގަމު ކައުންސިލް އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި ބުނީ ގަމުގެ ބޮޑެތި މަގުތަކާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލްގައި ރަޖިސްޓްރީވުމަށް ކުރި އިއުލާނު ބާތިލުކޮށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމަށް 75 މީހުން ހޮވާއިރު މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް 50 ރުފިޔާ ދިނުމަށްް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ރޯދަ މަހު މަސައްކަތަށް ނިކުުންނަމަ، ކައުންސިލުން ހާއްސަ އިނާޔަތެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަގާމުގެ ޝަރުތުތަކަށް ބަލާއިރު، ދިވެހި ރައްޔިތަކަށް ވާންޖެހެއެވެ. ދިވެއްސެއް ނޫންނަމަ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ މީހަކަށް ވާންޖެހެއެވެ. އަދި މި މަގާމަށް އެދި ހުށަހަޅާ ފަރާތަކީ 18 އަހަރު ފުރި، މަސައްކަތްކުރެވޭ ވަރު ރަނގަޅު ސިއްހަތެއްގައި ހުރި މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނެފައިވެއެވެ.

ފޫލްގައި ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި އޮންލައިން ފޯމު ވަނީ ގެޒެޓްގައި ހިއްސާކޮށްފައެވެ. ޕޫލްގައި ރަޖިސްޓްރީވުމަށް ފޯމް ފުރުމުގެ ސުންގަޑިއަކީ 11 އޯގަސްޓް 2025 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އެވެ.

ގަމު ކައުންސިލުން އިޖުތިމާއީ ސަރަހައްދުތައް ސާފުކުރާ ފަރާތްތަކުގެ ޕޫލް އެކުލަވާލީ މިދިޔަ އަހަރުއެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެ ފަރާތްތަކުން މަސައްކަތްކުރިއިރު، ރަށް ސާފުކޮށް ބެލެހެއްޓޭ މިންވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments