ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރަކަށް އަހުމަދު ގުރައިސީ އައްޔަންކޮށްފި
Laamu atoll ge police commander akah Ahmed Guraisy ayyan kohfi

ލާމު އަތޮޅުގެ ޕޮލިސް ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް، އަހުމަދު ގުރައިސީ އައްޔަންކޮށްފިއެވެ.
ލާމު އަތޮޅު ކޮމާންޑަރަށް ގުރައިސީ ހަމަޖައްސާފައިވާއިރު، މިއަދު ވަނީ ހޭންޑްއޯވަރ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ފާއިތުވި ދެއަހަރުގެ ލާމު އަތޮޅު ޕޮލިސް ކޮމާންޑަރ، އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް ހަފީޡު އިބްރާހިމް ވަނީ އަތޮޅު ޕޮލިސްގެ މަސައްކަތްތައް ރަސްމީކޮށް އިންސްޕެކްޓަރ އޮފް ޕޮލިސް ގުރައިސީއާ ހަވާލުކުރައްވާފައެވެ.
އަލަށް އައްޔަންކުރި ކޮމާންޑަރ ގުރައިސީ އަކީ ލ.ގަން ތުނޑިއަށް ނިސްބަތްވާ ފަރާތެކެވެ. މީގެއިތުރުން، ގުރައިސީއަކީ ދާއިރާގައި ތަޖުރިބާކާރު، ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އަތޮޅުގެ ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތެކެވެ.
ފާއިތުވި ދެއަހަރުގެ ލާމު އަތޮޅުގެ ކޮމާންޑަރ ހަފީޡު ވެސް ވަނީ ދެއަހަރުގެ ތެރޭގައި އަތޮޅަށް އަގުހުރި މަސައްކަތްތަކެއް ކުރައްވާ މުޅި ލާމުގެ ލޯބި ހޯއްދަވާފައެވެ.