ކާނުތައް ސާފުކުރުމަށް ގަމު ކައުންސިލާއި އާރުޑީސީ އަދި ވެމްކޯ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފި

Kaanu thah saafukurumah Gan Council aai RDC adhi WAMCO gulhigen haassa program eh fashaifi

ހައްދުންމަތީ ގަމު، ތާރު އަޅާފައިވާ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ގަމު ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ މީހުން ވަންނަ ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އާއި ހަމަދު ސްކޫލް އަދި އިހައްދޫ ސްކޫލް ފަދަ އިމާރާތްތަކުގެ ދޮރުމަތީގައި ފެންބޮޑުވާ މައްސަލައަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ފެންބޮޑުވާ މައިގަނޑު ސަބަބަކީ، ކާނުގަނޑުތައް ފުރިފައިވުމެވެ. އެހެންކަމުން، މި މައްސަލަ ހައްލު ކުރުމަށް ގަމު ކައުންސިލުން އިސްނަގައިގެން، އާރުޑީސީ އާއި ވެމްކޯގެ އެއްބާރުލުމާއެކު، ކާނުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

މި ޕްރޮގްރާމުގެ ދަށުން އެންމެ ފުރަތަމަ ސާފުކޮށްފައިވަނީ ޖީއާރުއެޗުގެ ދޮރުމަތީގައި ހުރި ކާނުތަކެވެ. މި ހަރަކާތުގައި ގަމު ކައުންސިލާއި އާރުޑީސީ އަދި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ގަމު ކައުންސިލްގެ ރައީސް، އަހުމަދު ޒަކީ ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ވިއްސާރަވުމާ ގުޅިގެން ފެންބޮޑުވާ ސަރަހައްދުތަކުގައި ހެދޭ ފެންގަނޑުތައް އަވަހަށް ހިންދާލެވޭނެގޮތް މަގުފަހިކުރުމެވެ. އަދި ކައުންސިލްގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިޔަށް ގެންދިއުން ކަމަށެވެ. ހަމައެހެންމެ، ޗުއްޓީއަށްފަހު ސްކޫލް ހުޅުވުމުގެ ކުރިން ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ކާނުތައް ސާފުކުމުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ޒަކީ ވިދާޅުވިއެވެ. މީގެއިތުރުން، މިކަމުގައި އާރުޑީސީ އާއި ވެމްކޯގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޒަކީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ހެނދުނު މި ޕްރޮގްރާމް ފަށާފައިވާއިރު، މާދަމާ ހެނދުނު ހަމަދު ސްކޫލް ހިމެނޭ ސަރަހައްދުގެ ކާނުތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments