ކައުންސިލްތަކަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅިގެން ހައްދުންމަތީ އަތޮޅު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

Council thakah gennan ulhey badhaluthakaa gulhigen hahdhunmathi atoll council in kanboduvun faalhukohfi

ރާއްޖޭގެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކާ ގުޅިގެން ހައްދުންމަތީ އަތޮޅު ކައުންސިލް އިދާާރާއިން ކަންބޮނޑުވުން ފާޅުކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި ބިލަކީ ލޯކަލް ކައުންސިލްތަކަށް މިހާރު ލިބިފައިވާ ފުރުސަތުތައް ހަނިކޮށް، އެ ފުރުސަތުތަކުގެ ބާރު ކަނޑުވާލައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ނަގާލުމަަށް ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މި ބަދަލުތަކަކީ ލާމަރުކަޒީ ނިޒާމާއި ދިމާ އިދިކީލަ، މި ނިޒާމްގެ މަގުސަދާ ހިލާފަށް ލާމަރުކަޒީ ބާރުވެރިކަން ނިގުޅައިގަތުމަށް ގެންނަ ބަދަލުތަކެއް ކަމަށެވެ.

މީގެއިތުރުން، އެ ބަޔާނުގައި ބުނީ މި ބަދަލުގެ ސަބަބުން، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ނިންމުމުގެ ބާރު ރައްޔިތުން ހޮވާފައިވާ ކައުންސިލްތަކުގެ ކިބައިން ގެއްލިގެންދާނެ ކަމަށެވެ.

“އެހެންކަމުން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމަށް ޖުލައި 2025 ގައި ހުށަހަޅާފައިވާ ބިލްގައިވާ އިސްލާހުތައް ފާސްކުރުމަށް މި ކައުންސިލުން ދެކޮޅެވެ.” އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމަމިއާއެކު، ލާމަރުކަޒީ ގާނޫނަށް ރައީސުލްޖުމުހުރިއްޔާ ގެންނަވަން ބޭނުން ފުޅުވާ ބޮޑެތި އިސްލާހުތަކެއްގެ ވާހަަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި ގާނޫނުގެ ވަކިވަކި މާއްދާތަކަށް ބޮޑެތި ބަދަލުތައް އަންނަފަދަ އިސްލާހުތައް ވަކިވަކިން ހުށަހަޅައިގެން ފާސްކުރުން އެ ކައުންސިލުން ވަނީ ކުށްވެރި ކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments