12 ދުވަސް ފަހުން މޫސާ އިބްރާހިމްގެ ޖަނާޒާ ބާއްވައިފި
12 dhuvas fahun moosa ge janaazaa baahvaifi

ރަހުމު ކުޑަގޮތަކަށް މަރާލި ލ.މާވަށު މޫސާ އިބްރާހިމްގެ ޖަނާޒާ 12 ދުވަހަށް ފަހު ބާއްވައިފިއެވެ.
މޫސާގެ ޖަނާޒާ ބާއްވައިފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ މއ، އާސަހަރާގައެވެ. މާވަށުގައި މޫސާ އިބްރާހިމްގެ ގަޔަށް ވަޅި ޖަހައި މަރާލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ. މޫސާ އިބްރާހިމްގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.
މޫސަ މަރާލިކަމަށް ތުހުމަތުކުރެވެނީ ހދ.ނޮޅިވަރަމްފަރަށް ނިސްބަތްވާ މީހެކެވެ. އޭނާ ވަނީ އަމިއްލައަކަށް ފުލުހަށް ގޮސް މޫސަ މަރާލިކަމަށް އެއްބަސްވެފައެވެ. ފުލުހުންނަށް ވަޅި ދެއްކީވެސް އޭނާ ކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.