ގަމު ކައުންސިލުން މުކުރިމަގުގައި ތަރައްގީކުރާ ވޮލީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފި

Gamu Council in mukurimagugai tharahgee kuraa volley court gai turf elhumuge masahkaiy fashaifi

ހައްދުންމަތީ ގަމު ކައުންސިލުން މުކުރިމަގު އަވަށުގައި ތަރައްގީ ކުރަމުންދާ އައުޓްޑޯ ވޮލީ ކޯޓުގައި ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ވޮލީ ކޯޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، ޓާފް އަޅަން ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން، އެ މަސައްކަތް ފައްޓަވައިދެއްވީ ކައުންސިލްގެ ރައީސް އަހުމަދު ޒަކީ، ނައިބު ރައީސް އިބްރާހިމް ރަޝީދު، ކައުންސިލް އެގްޒެކްޓިވް އިބްރާހިމް ޝަރީފް އަދި އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވް ހުސައިން އިބްރާހިމް އެވެ.

ގަމު ކައުންސިލުން ވަނީ ތިން ވޮލީ ކޯޓުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އޭގެތެރެއިން، އާބާދު ސަރަހައްދުގައި ތަރައްގީކުރި ވޮލީ ކޯޓުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މުކުރިމަގު ކޯޓުގައި ޓާފް އަޅަން ފަށާފައިވާއިރު، ތުނޑީ ކޯޓުގެ މަސައްކަތްވެސް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

ގަމު ކައުންސިލުން ތަރައްގީކުރާ ތިން ވޮލީ ކޯޓުގެ މަސައްކަތް ކުރަނީ އޯޓެކްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އޯޓެކްސް އަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުޅިވަރު ކުޅޭ ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވާ ކުންފުންޏެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments