ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެ، އެކެއްގެ ހާލު ސީރިއަސް

Kahdhoo gai nurahkaatheri accident eh hingai hatharu meehakah aniyaavehje, ekeh ge haalu serious

ލ.ކައްދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި ކައްދޫގައި މި އެކްސިޑެންޓް ހިނގާފައިވަނީ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހިގެނެވެ.

ސައިކަލުގައި ތިބީ އަންހެނަކާއި ފިރިހެނަކެވެ. އޭގެތެރެއިން ސައިކަލް ދުއްވަން އިނީ ފޮނަދުއަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި ސައިކަލުން ޖެހުނީ، މާވަށުގެ ދެ މީހެއްގެ ގައިގައެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ އަންހެނަކާއި، ޒުވާން ފިރިހެން ކުއްޖެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން ދުވަސްވީ އަންހެން މީހާގެ ހާލު ސީރިއަސް އެވެ. އަދި އޭނާގެ ދެ ފައި ބިނދިފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މާވަށުގެ ދެ މީހުނަކީ މާލެއިން ކައްދުއަށް އައި ދެމީހުނެވެ. އެކްސިޑެންޓް ވެފައިވަނީ ބަނދަރާ ދިމާލަށް ދިއުމަށް މަގު ހުރަސް ކުރަނިކޮށެވެ. އެވަގުތު، އެމީހުނާއެކު އައި އިތުރު މީހުންވެސް ތިއްބެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހުނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

އިތުރު ތަފްސީލު އަންނަނީ….

ގުޅުން ހުރި ލިޔުންތައް

guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Ibrahim
Ibrahim
1 month ago

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون