ކައްދޫ އެކްސިޑެންޓު: ސައިކަލު ދުއްވި މީހާ ހައްޔަރުކޮށްފި
Kadhdhoo Accident: Cycle dhuhvi Meehaa hayyarukohfi

ލ.ކައްދޫގައި ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ތަހުގީގަށް، ސައިކަލް ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.
ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހި، އުމުރުން ދުވަސްވީ މީހަކު ނިޔާވި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ.ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން އެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، ހުކުރު ދުވަހުގެ ރޭގައި ނިޔާވެފައިވަނީ ލ.މާވަށު، އެތުމާ، މަރިޔަމް މޫސާ އެވެ. މި މައްސަލައާ ގުޅިގެން، ނައުސާން ވަނީ އެރޭގައި ހައްޔަރުކޮށްފައެވެ. އަދި ހޮނިހިރު ދުވަހު، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވެއެވެ.
މި އެކްސިޑެންޓުގައި ސައިކަލު ފަހަތުގައި އިން އަންހެނަކާއި، މަރިޔަމް މޫސާގެ މާމަ ދަރިފުޅަށްވެސް ވަނީ އަނިޔާވެފައެވެ.