ފޮނަދޫ ބަށި ބޯޅަ މުބާރާތް ފަށައިފި، ލެކްރޯސް އާއި އެފްއެމްއެސްސީ އަށް ރަނގަޅު ފެށުމެއް
Fonadhoo bashiball mubaaraaiy fashaifi, Lacros aai FMSC ah rangalhu feshumeh

ހައްދުންމަތީ ފޮނަދޫ ކައުންސިލާއި ފޮނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިޔަށްގެންދާ ފުރަތަމަ ބަށި ބޯޅަ މުބާރަތް އިއްޔެ ފެށިއިރު، ލެކްރޯސް އާއި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ލެކްރޯސް އާއި އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ކާމިޔާބުކުރި ލެކްރޯސް އިން ވަނީ 22 ލަނޑާއި ހަ ބޯޅަ ހަދާފައެވެ. އައިސް އަށް ހެދުނީ 21 ލަނޑާއި 11 ބޯޅަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލެކްރޯސްގެ ހައްވާ ލިއުޝާ އެވެ.
އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ އެފްއެމްއެސްސީ އާއި ފޮނަދޫ ޕޮލިސް އެވެ. މި މެޗުގައި އެފްއެމްއެސްސީން 23 ލަނޑާއި ހަތް ބޯޅަ ހެދިއިރު ފޮނަދޫ ޕޮލިހަށް ހެދުނީ 18 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެފްއެމްއެސްސީގެ އާއިޝަތު ފިއުޒާ އެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިލެންޑާސް ސްޕޯޓްސް ކްލަބާއި ލެކްރޯސް އެވެ. އަދި ދެވަނަ މެޗުގައި އައިސް ނިކުންނާނީ އެފްއެމްއެސްސީއާ ދެކޮޅަށެވެ.