އޯލެވެލް ގަދަ 10 ގައި ޒައިހާ ހިމެނި، ކުނަހަންދޫ ސްކޫލްގެ އިންތިޒާރު ނިމުމަކަށް
O'level ge gadha 10 gai Zaihaa himeni, Kunahandhoo School ge inthizaaru nimumakah

އޯލެވެލްގެ ގަދަ 10 ގައި އާމިނަތު ޒައިހާ ހިމެނުމާއެކު، ކުނަހަންދޫ ސްކޫލްގެ ދިގު އިންތިޒާރު ނިމުމަކަށް އައިސްފިއެވެ.
ކުނަހަންދޫ ސްކޫލުގެ ދަރިވަރަކު މީގެކުރިން ގަދަ 10 ގައި ހިމެނިފައިނުވާއިރު، ޒައިހާ ވަނީ އެ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންގެ އިންތިޒާރު ނިމުމަކަށް ގެނެސްފައެވެ. ޒައިހާ ވެފައިވަނީ އެ ސްކޫލްގެ ތާރީހުގައި ގައުމީ ގަދަ 10 ގައި ހިމެނުނު ފުރަތަމަ ދަރިވަރަށެވެ.
އެ ސްކޫލުން ކުރި ޕޯސްޓެއްގައި ބުނީ އޯލެވެލް އިމްތިހާނުން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ ތެރެއިން އައިމިނަތު ޒައިހާ ޖާގައެއް ކަށަވަރުކޮށްދީފައިވާކަން ފަހުރުވެރިކަމާއެކު އިއުލާނުކުރާ ކަމަށެވެ.
“މިއީ އަޅުގަނޑުމެންގެ ސްކޫލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ޝަރަފުވެރިކަން ލިބުނު ކަމެއް، އަޅުގަނޑުމެންގެ މުޖުތަމައަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް.”
ކުނަހަންދޫ ސްކޫލް އިން ބުނީ މި މަގާމު ޒައިހާ ހޯދުމާއެކު ސްކޫލްގެ ޝަރަފު އިތުރަށް މަތިވާނޭކަމަށާއި ޒައިހާގެ ސަބަބުން އެތަކެއް ދަރިވަރުންނެއްގެ ކިޔެވުމުގެ ރޫހު އާލާވެފައިވާ ކަމަށެވެެ.
މިފަހަރު ލާމު އަތޮޅުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ވަނީ އޯލެވެލް އިމްތާހާނު ތަކުން ރަންވަނަ ހޯދައި، ގައުމީ ގަދަ 10 ގައި ހިމެނިފައެވެ.