އޯލެވެލްގެ ގަދަ 10 ގައި އިހައްދޫ ސްކޫލްގެ އަލްޔާ ހިމެނިއްޖެ

O'level ge gadha 10 gai ihaddhoo school ge Alya himenihje

އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10 ގެ ތެރޭގައި އިހައްދޫ ސްކޫލްގެ އަލްޔާ ތޮލްއަތު އަލީ ހިމެނިއްޖެއެވެ.

ގަދަ 10 ގައި އަލްޔާ ހިމެނުމުން މަރުހަބާ ކިޔުމުގެ ގޮތުން އިހައްދޫ ސްކޫލުން ހިއްސާކުރި ޕޯސްޓްގައި ބުނީ ބުރަ މަސައްކަތުގެ ނަތީޖާ ލިބިއްޖެކަމަށެވެ. މި ޕޯސްޓުގައި، އަލްޔާގެ އިތުރުން އެ ސްކޫލުން ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާއެއް ހޯދި ބިދޭސީ ދަރިވަރެއް ކަމަށްވާ އަލީނާ ވިޖޭ އާނަންދަށްވެސް މަރުހަބާ ކިޔާފައިވެއެވެ..

އެ ސްކޫލުން ބުނީ މިފަހަރުގެ ނަތީޖާއަކީ ފާހަގަކޮށްލެވޭ ނަތީޖާތަކެއް ކަމަށެވެ. އަދި ދަރިވަރުން ދުވަހަކުވެސް އުނގެނުން ހުއްޓާނުލުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. މީގެއިތުރުން އެ ސްކޫލުން ބުނީ މި ނަތީޖާއަކީ މުދައްރިސުންގެ ލޯތްބާއި އަޅާލުމާއި ވަރުބަލިކަމެއް ނެތް މަސައްކަތުގެ ސަބަބުން ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމީޔާބީގައި ބެލެނިވެރިން، ޕީޓީއޭ އަދި ވަކިން ހާއްސަކޮށް ގަމު ކައުންސިލުގެ އެއްބާރުލުމާއި ޝާމިލްވުން ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments