ފުރިހަމަ ރެކޯޑަކާއެކު މުބާރާތުގެ ޗެމްޕިއަންކަން ލެކްރޯސްއަށް

Furihama record akaa eku mubaaraathuge championkan Lecrose ah

މުބާރާތުގައި ކުޅުނު ހުރިހައި މެޗަކުން މޮޅު، ފުރިހަމަ ރެކޯޑަކާއެކު ފޮނަދޫ ބަށިބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ލެކްރޯސް އިން ހޯދައިފިއެވެ.

ލެކްރޯސް އިން ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލުގައި އެންކަރޭޖިން ޔޫތު އެމްޕަވަމަންޓް ސޮސައިޓީ (އައިސް) ބަލިކުރުމަށްފަހުއެވެ. ލެކްރޯސް ފައިނަލަށް ދަތުރުކޮށްފައިވަނީ، ލީގު ބުރުގައި ކުޅުނު ހުރިހައި މެޗަކުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި އައިސް ފައިނަލުން ޖާގަ ހޯދީ ދެވަނަ ޓީމުގެ ގޮތުގައެވެ.

ފައިނަލް މެޗުގައި ލެކްރޯސް އިން 24 ލަނޑު ކާމިޔަބުކުރިއިރު، އައިސް އަށް ކާމިޔާބުކުރެވުނީ 17 ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ލެކްރޯސްގެ ހައްވާ ލިއުޝާ އެވެ. އެ ޓީމުން ކުޅުނު ހުރިހައި މެޗެއްގެވެސް މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ލިއުޝާ އެވެ.

މިއަހަރުގެ މުބާރާތުގެ ބަށި ރާނީ އަކަށް ހޮވުނީ މުޅި މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލިއުޝާ އެވެ. ލިއުޝާ ވަނީ މުޅި މުބާރާތުގައި ޖުމްލަ 972 ޕޮއިންޓު ހޯދާފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ޖެހުންތެރިޔާ އަދި ހިފުންތެރިޔަކަށްވެސް ހޮވުނީ ލިއުޝާ އެވެ. އެގޮތުން، ލިއުޝާ ވަނީ ޖުމްލަ 483 ބޯޅަ ޖަހައި، 489 ބޯޅަ ހިފާފައެވެ.

ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރިޔަށް ގެންދިޔަ ފުރަތަމަ ބަށިބޯޅަ މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް (އެފްއެމްއެސްސީ) އެވެ. މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments