ޖުލައި މަހުގެ ނިޔަލަށް ލާމު އަތޮޅުގެ 677 ސަރަހައްދެއް ބަލާފާސްކޮށް، 319 މީހުން ހުއްޓުވާފައިވޭ: ފުލުހުން

July mahuge niyalah laamu atollge 667 sarahahdheh balaa faaskoh,319 meehun huhtuvaifaivey: Fuluhun

މިދިޔަ ޖުލައި މަހުގެ ނިޔަލަށް ލާމު އަތޮޅުގެ 677 ސަރަހައްދެއް ބަލާފާސްކޮށް، 319 މީހުން ހުއްޓުވާފައިވާކަމަށް ފުލުުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން  ވަނީ ސައުތު ސެންޓްރަލް ޕޮލިސްގެ ރަށްރަށުގެ ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބު އާންމުކޮށްފައެވެ. އެގޮތުން، ލާމު އަތޮޅުގައި ފުލުހުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ވިސިބްލިޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް ޕޮއިންޓް ހިމެނެއެވެ. ހަމައެކަނި މިދިޔަ މަހުގެ ނިޔަލަށް ލާމުގެ 9 ސަރަހައްދެއްގައި ފުލުހުން ވަނީ ވިސިބްލިޓީ އެންޑް ޓްރެފިކް މެނޭޖްމެންޓް ޕޮއިންޓް ޖަހާފައެވެ.

މީގެއިތުރުން، ފުލުހުން ވަނީ ލާމު އަތޮޅުގެ 677 ސަރަހައްދެއް ބަލާފާސްކޮށް، 319 މީހުން ހުއްޓުވައި ސުވާލުކޮށްފައެވެ. ހަމަމިއާއެކު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ  ނިޔަލަށް ލާމު ފުލުހުންގެ ފުޓް ޕެޓްރޯލިންގެ ވަގުތަކީ 30 ގަޑިއިރާއި 30 މިނިޓެވެ.

މިދިޔަ މަހުގެ ނިޔަލަށް ގެއްލުނު މުދާތަކުގެ ތެރެއިން 5000 ރުފިޔާގެ މުދާ ލާމުގެ ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ. އަދި ލާމު އަތޮޅުގައި 13 ހޭލުންތެރިކުރުމުގެ ޕްރޮގްރާމްވެސް ފުލުހުން ވަނީ ހިންގާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments