ރިހެބިލިޓޭޝަން، ސަޕޯޓް އެންޑް މޮނިޓަރިންގ ޕޮރޮގްރާމެއް ގަމުގައި ބާއްވައިފި
Rehabilitation , support and montoring program eh gamugai baahvaifi

ލާމު ގަމުގައި ރިހެބިލިޓޭޝަން، ސަޕޯޓް އެންޑް މޮނިޓަރިރިންގް ޕްރޮގްރާމެއް ބާއްވައިފިއެވެ.
މި ޕޮރޮގްރާމަކީ ޔުނިސެފާއި ދިވެހިފުލުހުންގެ ހިދުމަތުގެ ފެމިލީ ޕްރޮޓެކްޝަން އާއި ލާމު ޕޮލިސް ގުޅިގެން ލ.ގަން އަދި ފޮނަދޫގައި ކުށައް ހުށަހެޅިފައިވާ ކުދިން އަދި ކުށައް ހުށަހެޅިދާނެކަމަށް ބެލެވޭ ކުދިން ކުށުން ރައްކާތެރިކޮށް އެކުދިންގެ އުޅުން މޮނިޓަރކޮށް އެކުދިންނަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ކުރިއަށް ގެންދެވޭ ޕޮރޮގްރާމެކެވެ.
މި ޕޮރޮގްރާމް ފެށުމުގެ ގޮތުން ގަން ފޮނަދޫގެ މުއައްސަސާތަކާއި މި ޕޮރޮގްރާމްގައި އެއްކޮށް މަސައްކަތްކުރާނެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެ، އެއްދުވަހުގެ ވޯކްޝޮޕެއް ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ގުރަހަ މާލަމުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން، އިއްޔެ ކުރިޔަށްދިޔަ މި ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި، މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ޕްލޭނެއް ވަނީ އެކުލަވާލެވިފައެވެ.
މީގެއިތުރުން، ލ.ގަން އަދި ފޮނަދޫން ކަނޑައެޅުނު ހައިރިސްކް އޮތްކަމަށް ބެލެވޭ 15 ކުއްޖަކު ކަނޑައަޅާ އެކުދިން ކުށުން ރައްކާތެރި ކުރުމަށް އެންމެން ގުޅިގެން ކުރާނެ ކަންކަމާއި، ޒިންމާވާނެ މުވައްސަސާތައް އަދި ދެމެހެއްޓެނިވި މޮނިޓަރިންގ ސަޕޯޓް ނިޒާމެއްގެ ތެރެއިން އަޅާލެވި ކަންކަމުގައި ހައްލު ހޯދާނެ ގޮތްތައް ވެސް މި ޕްރޮމްރާމްގައި ވަނީ ކަނޑައަޅާފައެވެ. މި ޕްލޭންގެ ދަށުން ކޮންމެ ކުއްޖަކަށްވެސް އެކަށޭނަ އިންޓަރވެންސަން ޕްލޭންއެއް ހަދާފައިވާއިރު، އެ ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރާނެ ގޮތްތައް ވެސް ވަނީ ކަނޑައަޅާފައެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ އަމާޒަކީ މި ޕޮރޮގްރާމް ފުޅާ ކުރެވި އެއްވެސް ކުއްޖެއް ބާކީނުވާނެހެން މުޅި ރާއްޖޭގެ ހުރިހާ ކުދިންނަށްވެސް ވާސިލް ވުމެވެ.
ހަމަމިއާއެކު، މި ޕްރޮގްރާމްްގެ ބައިވެރިންގެ ތެރޭގައި، ދިވެހި ފުލުހުންގެ ހިދުމަތާއި ޔުނިސެފުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް، ނޭޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް ސޯސަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް، ލ.އަތޮޅު ކައުންސިލް، ލ.ގަން ކައުންސިލް، ލ.ފޮނަދޫ ކައުންސިލް، ލ.ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ، ލ.އަތޮޅު ތައުލީމީ މަރުކަޒު، ހަމަދު ސްކޫލް، ފޮނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ލ އަތޮޅުގައި ގާއިމްކޮށްފައިވާ ހުރިހާ ފުލުހުންގެ މަރުކަޒުތައް ހިމެނެއެވެ.
ރާއްޖޭގެ 3 އަތޮޅެއްގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވީ މިއަހަރުގެތެރޭގައެވެ.