ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

Laamaseelulaamu masahkaiytheringe maurazu gai baiverivumuge muhdhathu ithurukohfi

“ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒު 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ލ. އަތޮޅުގެ މަސައްކަތްތެރިންގެ ހުނަރު ފާހަގަކޮށް ކުރިއަރުވައި ހުނަރުވެރިންގެ މަސައްކަތުގެ އަގުވަޒަންކޮށް އުފެއްދުންތަކުގެ ފެންވަރު އެއްތަނަކުން ފެންނާނެ ގޮތަށް “ލާމަސީލުލާމު މަސައްކަތްތެރިންގެ މަޢުރަޒު 2025” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، ގެޒެޓްގައި ވަނީ އާންމުކޮށްފައެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ  ނޮވެންބަރު 07 އިން 08 އަށް ލ. ފޮނަދޫގައެވެ.

މައުރަޒުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުން ކުރިއަށްދާނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ލާމަސީލުލާމު މަސައްކަތްތެރިންގެ މައުރަޒުގައި ބައިވެރިވުމާއި މިންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުވަނީ ގެޒެޓްކޮށްފައިވާ އިއުލާނާއެކު އެއްކަރުދާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments