ފައިސާގެ އިނާމުތަކާއެކު، ޒިއަމެން ލާމު މެރަތަން އަންނަ މަހު 31 ގައި ބާއްވަނީ
Faisaage inaamu thakaa eku laamu marathon Anna mahu 31 gai baahvany

ފައިސާގެ އިނާމުތަކާއެކު، ޒިއަމެން ލާމު މެރަތަން އަންނަ މަހު 31 ގައި ފެށުމަށް ތާވަލުކޮށްފިއެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމުކުރާ މި މެރަތަން އަކީ ކޮންމެ އަހަރަކު އެއްފަހަރު ލާމުގައި ބާއްވާ އެންމެ ބޮޑު އެއް މެރަތަން އެވެ. މެރަތަންގައި ބައިވެރިވުމަށް 100 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.
ރޭސް ކެޓަގަރީތައް:
ފުލް މެރަތަން
ހާފް މެރަތަން
10 ކިލޯމީޓަރު
5 ކިލޯ މީޓަރު
3 ކިލޯމީޓަރު
ކިޑްސް ފަން ރަން
މި މެރަތަންގެ ދުވުމުގެ ގްރޫޕްތަކުގައި ބައިވެރިވެވޭނެ ގޮތްތައް ވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ލ. އަތޮޅުގެ ރަށްވެހިންނަށް ރޭސް ގްރޫޕްގައި ބައިވެރިވެވޭނީ ރާއްޖޭއިން ބޭރުގެ ފަރާތްތަކާއެކު، ނުވަތަ އެހެން އަތޮޅުތަކުގެ ބައިވެރިންނާއެކު، އެހެން ނޫން ނަމަ ލ. އަތޮޅުގެ ބައިވެރިންނާއެކުގައެވެ.
ރާއްޖޭގެ އެހެން އަތޮޅިތަކުގެ ރަށްވެހިންނަށް ބައިވެރިވޭނެ ރޭސް ގްރޫޕްތަކަށް ބަލާއިރު، ރާއްޖެއިން ބޭރުގެ ފަރާތްތަކާއެކު ނުވަތަ އެހެން އަތޮޅުތަކުގެ ބައިވެރިންނާއެކުގައެވެ. މި މެރަތަންގައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ރޭސް ގްރޫޕްއެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެ ގްރޫޕްގައި ބައިވެރިވެވޭނީ ހަމައެކަނި ރާއްޖެއިން ބޭރުގެ ފަރާތްތަކަށެވެ.
މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފައިސާގެ އިނާމުތައް:
3 ކިލޯމީޓަރު- 3000 ރުފިޔާ
5 ކިލޯމީޓަރު- 3500 ރުފިޔާ
10 ކިލޯމީޓަރު- 4000 ރުފިޔާ
ހާފް މެރަތަން- 4500 ރުފިޔާ
ފުލް މެރަތަން- 5000 ރުފިޔާ
ފައިސާގެ އިނާމުތަކުގެ އިތުރުން، ބައިވެރިވެފައިވާ ކެޓަގަރީގެ ދުވުން ފުރިހަމަކުރާ ކޮންމެ ފަރާތްތަކަށް ވެސް “ފިނިޝަރ” މެޑަލް އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މެރަތަންގެ ދުވުން ފެށޭނީ ލ.ގަން މުކުރިމަގު ބަނދަރު ސަރަހައްދުންނެވެ.