ދިވެހި ސާފް ލީގުގެ “ކެރަންޑޫ” އިވެންޓުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ
Dhivehi Surf League ge "Kerandoo" event ge media partner akah Laamu MV

މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ހައްދުންމަތީ މާބައިދޫގައި މުޅިން އަލަށް ފަށާ ދިވެހި ސާފް ލީގުގެ “ކެރަންޑޫ” އިވެންޓުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފިއެވެ.
މާބައިދޫ ކައުންސިލާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، މި މުބާރާތް އިތުރަށް ކުރިއަރުވައި، ކާމިޔާބު މުބާރާތަކަށް ހެދުމަށް ލާމު އެމްވީ އިން މަސައްކަތް ކުރާނެއެވެ. އަދި މި މުބާރާތުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ.
އަންނަ ބުދަ ދުވަހު މާބައިދޫގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ މިއަހަރުގެ ސާފް ލީގުގައި ހިމެނޭ ދެވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ “މުލީކޮޅު ރާޅުގަނޑު” އެވެ.
“ކެރަންޑޫ” އިވެންޓުގައި ޖުމްލަ ތިން ކެޓަގަރީއެއް ހިމެނޭނެއެވެ. އެއީ މެންސް އޯޕެން އާއި 18 އަހަރުން ދަށުގެ ކެޓެގަރީގެ އިތުރުން މެންސް އޯޕަން ބޮޑީބޯޑިން ކެޓެގަރީ އެވެ.
ލީގުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ”ރަންނަމާރި ޗެލެންޖް“ އަށް ކޮލިފައިވުމަށް، ލީގުގެ ފުރަތަމަ ދެ އިވެންޓުގައި ވާދަކުރުން މަޖުބޫރުވާނެއެވެ. މިއާއެކު، ރާއްޖޭގެ އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިން ”ކެރަންޑޫ“ މުބާރާތުގައި ވާދަކުރާނެއެވެ. މިއީ ލ.އަތޮޅުގެ ލޯކަލް ޓުއަރިޒަމަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ދިވެހިި ސާފް ލީގުގެ މި މުބާރާތް ވެގެންދާނީ މުޅި ލ.އަތޮޅަށް އަންނަ ބޮޑު އީދަކަށެވެ. މި މުބާރާތުގެ ސަބަބުން، އަތޮޅުގައި ތިބި ރާޅާ އެޅުންތެރިންނާއި، މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.