ގަމު ކައުންސިލްގެ “ހަށިހެޔޮ ދުޅަހެޔޮ” ޕްރޮގުރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި
Gamu council ge "hashiheyo dhulha heyo" programme gai baiverivumah hulhuvaalaifi

ގަމު ކައުންސިލްގެ “ހަށިހެޔޮ ދުޅަހެޔޮ 2025” ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ގަމު ކަައުންސިލް އަދި އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިއާ ކޮމާންޑު ގުޅިގެން ކުރިއަށް ގެންދާ ކަސްރަތު ޕްރޮސްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑި އަކީ މި މަހުގެ 21 ވަނަ ދުވަހު 14:00 އެވެ. ކައުންސިލްގެ ޕޯސްޓާއެކު، ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ވެސް ވަނީ ހިއްސާކޮށްފައެވެ.
މި ކަސްރަތު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 28 ވަނަ ދުވަހުގައެވެ.
ގަމު ކައުންސިލުން ވަނީ މިދިޔަ އަހަރުވެސް މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ޕްރޮގްރާމަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.