ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގެ ގުރު ނަގައިފި

Fonadhoo Council futsal tournament ge guru nagaifi

ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ “ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް 2025” ގެ ގުރު ނަގައިފިއެވެ.

ފޮނަދޫ ކައުންސިލްގެ ހަތްވަނަ ފުޓްސަލް މުބާރާތުގެ ގުރު ނަގާފައިވަނީ ރޭގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭގައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ. ޓީމުތައް ބަހާލާފައިވަނީ ހަތަރު ގުރޫޕަކަށެވެ. ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

މުބާރާތުގެ ގުރޫޕު “އޭ” ގައި ހިމެނެނީ ހަފެލެ އެފްސީ، ލެކްރޯސް އެފްސީ، ބިގް ޝޮޓްސް އަދި ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް) އެވެ. ގުރޫޕު “ބީ” ގައި ހިމެނެނީ ސޭންޑްސް އޮފް ލާމު، އަފޭން، ވެލާ އަދި ކިޔުއެމް ސްޕޯޓްސް އެކަޑަމީ އެވެ.

މި މުބާރާތުގެ ގުރޫޕު “ސީ” ގައި ވާދަކުރާނީ ބައްރު ކްލަބްގެ އިތުރުން ލެކްރޯސް އެސްސީ އާއި ލެކްރޯސް އެވެ. އަދި ގުރޫޕު “ޑީ” ގައި ހިމެނެނީ ޖީ-ސްޓާ އެސްސީ އާއި ވައްޓަފާޅި އެސްސީ އަދި ހޭޅި އެވެ.

މި މުބާރާތަކީ ފޮނަދޫ ރައްޔިތުންނަށް ހާއްސަ މުބާރާތެއް ކަމުން މި މުބާރާތުގައި ކުޅެވޭނީ ހަމައެކަނި ފޮނަދުއަށް ނިސްބަތްވާ ކުޅުންތެރިންނަށާއި، ފޮނަދޫ ރަށްވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އަފޭން ބަލިކޮށް ޗެމްޕިއަންކަން ހޯދީ އެވަލްޒް އެފްސީ އިންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments