އެއޯން އެނާޖީ – ކަރަންޓް ހަރަދު ކުޑަ ކުރުމަށް ރަނުގެ ފުރުސަތެއް

AEON Energy - Current Haradhu Kuda Kurumah Ranuge Furusatheh

އެއޯން މޯލްޑިވްސްގެ ފަރާތުން ސޯލާ ޓެކްނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ ގުޅޭގޮތުން ލ. އަތޮޅުގެ ރަށްތަކަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަން ފަށައިފިއެވެ.

އެގޮތުން އެއޯންގެ ސޯލާ ޕެނަލް އެހެނިހެން ސޯލާ ޕެނަލްތަކާއި ތަފާތުވާ ގޮތްތަކާއި އަދި އެހެނިހެން ކުންފުނިތަކާއި ތަފާތުވާ އެތައްކަމެއް ވަނީ މިސެޝަންތަކުގެ ބައިވެރިންނާއި ހިއްސާކުރެވެމުންނެވެ.

އޭގެތެރޭގައި ސޯލަރޕެނެލް ހަރުކޮށްދިނުމާއި 10 އަހަރުގެ ވޮރެންޓީއާއި، އެކުންފުނިން ފޯރުކޮއްދޭ ހިދުމަތް ތަކުގެ މައުލޫމާތުވަނީ ފޯރުކޮއްދީފައެވެ. އެންމެ ކުޑަ ގޭބީސީ އިން ފެށިގެން ބޮޑެތި ވިޔަފާރި ތަކަށް ވެސް އެއޯންގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ވެސްވަނީ މިސެޝަންގައި ބުނެފައެވެ.

މީގެ އިތުރުން އެއޯންއިން މިހާތަނަށް އަޅުވާފައިވާ ސިސްޓެމްތައް މަސައްކަތްކުރާ ގޮތުގެ ވީޑިއޯއަކާއި، އެ ސިސްޓެމްތަކުގެ ހިދުމަތް ހޯދަމުންދާ އެހެން ރައްރަށުގެ ބައެއް ރައްޔިތުންގެ އިންޓަވިއު ތަކެއްވެސް މިސެޝަންގެ ބައިވެރިންނަށް ވަނީ ހިއްސާކޮށްފައެވެ.

އޭގެތެރެއިން ބޭފުޅަކު ވިދާޅުވި ގޮތުގައި ކުރިން 12،000 ރުފިޔާ ކަރަންޓު ބިލަށް ދައްކަންޖެހޭ ތަނަކަށް މިހާރު ދައްކަން ޖެހެނީ އެންމެ 500 ރުފިޔާ ކަމަށެވެ. އަދި ކުރިން 2500 އަރާ ތަނަކަށް މިހާރު އަރަނީ އެންމެ 45 ރުފިޔާ ކަމުގައިވެސް ފާހަ ކުރިއެވެ. ފުރަތަމަ ޕޭމަންޓް ދެއްކުމަށްފަހު އެންމެ ގިނަވެގެން3 މަސް ދުވަސްތެރޭގައި އެއޯން އިން ސޯލާ ސިސްޓެމް ހަރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއެވެ. އަދި ސޯލާ ޕެނެލް ހަރު ކުރުމަށް ދައްކަންޖެހޭ ފައިސާގެ އަދަދު ފަސޭހަ ކަމާއެކު އެއޯން ވެބްސައިންޓް އިން ކަލްކިއުލޭޓް ކުރެވެއެވެ. ސީދާ އެއޯން އަށް ފައިސާ ދައްކައިގެން އަދި އެމްއައިބީ، ބީއެމްއެލް އަދި އެމްއެލްއެފްސީ މެދުވެރިކޮށްވެސް ސޯލާ ސިސްޓަމް ގަތުމުގެ ފުރުސަތު އެބައޮތެވެ.

އެއޯންގެ ސެޝަންތައް ލ. ފޮނަދޫ އަދި ލ. ގަމުގައި 10 ސެޕްޓެންބަރު ގައި ވަނީ ބާއްވާފައެވެ. 11 ސެޕްޓެމްބަރ 2025 ވަނަދުވަހުގެ 16:30 ގައި ލ. ދަނބިދޫގައި އަދި އެދުވަހު 20:30 ގައި ލ. މާބައިދޫގައި މީގެ ސެޝަން ތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments