ސާފިންގ މުބާރާތާއެކު މާބައިދުއަށް އުފާވެރިކަން!

Surfing mubaaraathaa eku Maabaidhoo ah ufaaverikan!

ދިވެހި ސާފް ލީގުގެ “ކެރަންޑޫ”އިވެންޓްގެ ސަބަބުން މާބައިދޫއަށް އުފާވެރިކަމާއި ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުވެއްޖެކަމަށް މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމް ވިދާޅުވެއްޖެއެވެ.

ލާމު އެމްވީ އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ރާޅު މުބާރާތުގެ ސަބަބުން ރަށުގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށާއި ރަށުގެ ސްކޫލް ކުދިންނާއި ބެލެނިވެރިން އަދި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ ކަމަށެވެ.

“ރަށުގެ ސްކޫލް ކުދިންނާއި ޕޭރެންޓުންވެސް އަދި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުން ލިބޭ. އެ ސަރަހައްދުގައި ގާޑިޔާގައި ބަހައްޓައިގެން މީހުން އެކިކަހަލަ އެއްޗެހި ވިއްކާ ހަދައި. ކައުންސިލުން ބިން ދޫކުރީ ގާޑިޔާ ބަހައްޓަން.”

ވިޝާމް ވިދާޅުވީ ކައުންސިލުން ފަރާތުން ހަރަދުކޮށްގެން ހުރިހާ ބައިވެރިންގެ އަދި އޮފިޝަލުންގެ ސަޔާއި މެންދުރުގެ ކެއުން ހަޖައްސަދީފައިވާނެ ކަމަށާއި، އެތަން އިންތިޒާމުކުރުމުގައި ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ.

“ގްރޫޕް ހަދާފައި މުބާރާތް ބަލަން ގޮސް ތިބުން، އެމީހުންނަށް ވަރަށް އައު ކަމަކަށް ވީ. ބޮޑު ފެސްޓިވް އަކަށް އެކަން ވެގެންދިޔައީ. ވަރަށް ކާމިޔާބުކޮށް ފެށިގެން މިދިޔައީ.”

މާބައިދޫ އަކީ އެއްބައިވަންތަ ރަށެއް ކަން ފާހަގަކޮށް، ވިޝާމް ވިދާޅުވީ ސާފް ލީގުގެ ސަބަބުން ރަށުގެ އެއްބައިވަންތަކަން ކުރިއަށްވުރެވެސް ބޮޑަށް ރަނގަޅުވިކަމަށެވެ.

ރަށުގެ ސައި ހޮޓާ އަދި ރެސްޓޯރެންޓު ވިޔަފާރިތަކަށްވެސް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިފައިވާކަމަށްވެސް ވިޝާމް ވިދާޅުވިއެވެ. ކައިރީ ސަފާރީތަކުން އަދި ލާމު އަތޮޅުގެ ގިނަ ބަޔަކު ރަށަށް ޒިޔާރާތްކުރިކަން ފާހަގަކުރައްވާ ވިދާޅުވީ 80 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރިކަމަށެވެ. ހަމައެކަނި މުބާރާތް ބަލަން ވެސް ގިނަ ބަޔަކު ޒިޔާރާތް ކުރި ކަމަށް ވިޝާމް ވަނީ ވިދާޅުވެފައެވެ.

ވިޝާމް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް، މިއަށްވުރެ ފުރިހަމަ މުބާރާތްތައް ބޭއްވިގެން ދިއުން ކަމަށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments