ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް ޗައިނާގެ އެމްބަސޭޑަރާ ހަވާލުކޮށްފި
Xiamen laamu marathon 2025 ge rasmee kit China ge ambassador aa havaalu kohfi

ޒިއަމިން ލާމު މެރަތަން 2025 ގެ ރަސްމީ ކިޓް ޗައިނާގެ އެމްބަސޭޑަރާ ހަވާލުކޮށްފިއެވެ.
ޒިއަމިން ލާމު މެރަތަން 2025 އާ ގުޅޭގޮތުން، ޗައިނާ އެމްބަސީއަށް ޒިޔާރަތްކޮށް, މެރަތަންގައި ބައިވެރިވުމަށް ޗައިނާގެ އެމްބަސެޑަރަށް ވަނީ ދައުވަތު އަރުއްވާފައެވެ.
ފައިސާގެ އިނާމުތަކާއެކު، ޒިއަމިން ލާމު މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 31 ވަނަ ދުވަހުގައެވެ. މިދިޔަ އަހަރު ވެސް މި މެރަތަން ބާއްވާފައިވާއިރު، 500 އަށް ވުރެ ގިނަ މީހުން ވަނީ މެރަތަން ގައި ބައިވެރިވެފައެވެ.
މި މެރަތަންގައި ކޮންމެ ކެޓެގަރީ އަކުން އެއްވަނައަށް ދާ އަންހެން އަދި ފިރިހެން ބައިވެރިއަކަށް ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހައްދުންމަތީ އަތޮޅު ކައުންސިލުން ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފުގެ އިތުރުން, ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއުއާ ކިޓް ހަވާލުކޮށް ދައުވަތު އަރުއްވާފައެވެ. މެރަތަންގައި ބައިވެރިވުމަށް މާލޭ ސިޓީ މޭޔަރަަށް ވެސް ވަނީ ދައުވަތު އަރުއްވާފައެވެ.