ލަސާ އަށް ކުދިން ރަޖިސްޓްރީކުރުން ވަގުތީ ގޮތުން މެދުކަނދާލައިފި

LASA ah kudhin registry kurun vaguthee gothun medhu kandaalaifi

ލާމު އެޕެކްސް ސްޕޯރޓްސް އެކެޑެމީ (ލަސާ) އަށް ކުދިން ރެޖިސްޓަރ ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ލަސާގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ކުރި އިއުލާނެއްގައި ބުނީ ލާމު އެޕެކްސް ސްޕޯރޓްސް އެކެޑެމީއަށް ކުދިން ރެޖިސްޓަރ ކުރުން މަޑުޖައްސާލެވިފައިވާ ކަމަށެވެ. އަދި ރެޖިސްޓަރ ކުރުމުގެ ފުރުސަތު ދެން ހުޅުވާލެވޭނީ މިއަންނަ ނޮވެމްބަރު 16 ވަނަ ދުވަހުގައި ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9645040 ނަމްބަރަށެވެ.

ލަސާގެ އެކެޑަމީގައި މިވަގުތު 160 އަށް ވުރެ ގިނަ ކުދިން ތިބިއިރު، އެ އެކެޑަމީއިން ވަނީ މިއަހަރުތެރޭގައި ހޭންޑްބޯޅައިގެ ތަމްރީނުތައް ވެސް ފަށާފައެވެ. ލަސާ އެކެޑަމީއަކީ ލާމު އަތޮޅުގައި އެންމެ ގިނަ ކާމިޔާބު ހޯދާފައިވާ އެކަޑަމީއަށް ވާއިރު، ލަސާ އިން ދަނީ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ، ވަނަތައް ހާސިލްކުރަމުންނެވެ.

ލަސާއިން ވަނީ ގަމުގެ އިތުރުން، މާމެންދޫގައި ވެސް އެ އެކެޑަމީގެ ގޮތްޕެއް ހުޅުވައި ތަމްރީނުތައް ފަށާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments