ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓް: ކުއާޓާ ފައިނަލް މެޗުތައް މިރޭ ފަށަނީ

Fonadhoo Council Futsal Tournament: Quarter final match thah mirey fashany

ހައްދުންމަތީ ފޮނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ ފޮނަދޫ ކައުންސިލް ހަތްވަނަ ފުޓްސަލް ޓޯނަމެންޓުގެ ކުއާޓާ ފައިނަލް މެޗުތައް މިރޭ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމުމާއެކު، ކުއާޓާ ފައިނަލުން ޖާގަ ހޯދާފައިވަނީ ލެކްރޯސް އެފްސީ، ލާމު ޔޫތު ޑިވެލޮޕްމަންޓް (ލީޑް)، އަފޭން، ސޭންޑްސް އޮފް ލާމު، ލެކްރޯސް އެސްސީ، ބައްރު ކްލަބް، ވައްޓަފާޅި އެސްސީ އަދި ހޭޅި އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭބައްދަލުކުރާނީ ލެކްރޯސް އެސްސީ އާއި ސޭންޑްސް އޮފް ލާމެވެ. ލެކްރޯސް އެސްސީ އިން ވަނީ ޖުމްލަ ހަ ޕޮއިންޓާއެކު ގުރޫޕް “ސީ” ގެ އެއްވަނަ ހޯދާފައެވެ. ހަ ޕޮއިންޓާއެކު ސޭންޑްސް އޮފް ލާމަށް ލިބުނީ ގުރޫޕް “ބީ” ގެ ދެވަނަ އެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް “އޭ” ގެ އެއްވަނަ ލެކްރޯސް އެފްސީ އާއި ގުރޫޕް “ޑީ” ގެ ދެވަނަ ހޭޅި އެވެ. ލެކްރޯސް އެފްސީ އިން ހަތް ޕޮއިންޓު ހޯދިއިރު، ހޭޅި އަށް ލިބުނީ ހަތަރު ޕޮއިންޓެވެ.

ކުއާޓާ ފައިނަލްގެ ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގައެވެ. އެގޮތުން، މާދަމާ ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް “ބީ” ގެ އެއްވަނަ އަފޭން އާއި “ސީ” ގެ ދެވަނަ ބައްރު ކްލަބެވެ. އަފޭން ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓު ހޯދާފައެވެ. ބައްރު ކްލަބަށް ލިބުނީ ތިން ޕޮއިންޓެވެ.

ކުއާޓާގެ ފަހު މެޗުގައި ބައްދަލުކުރާނީ ވައްޓަފާޅި އާއި ލީޑް އެވެ. ވައްޓަފާޅިން ވަނީ ހަތަރު ޕޮއިންޓާއެކު ގުރޫޕް “ޑީ” ގެ އެއްވަނަ ހޯދާފައެވެ. ހަތް ޕޮއިންޓާއެކު ލީޑަށް ލިބުނީ ގުރޫޕް “އޭ” ގެ ދެވަނަ އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 14 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments