ގަމުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކޮށްގެން އެމްއެންޑީއެފްގެ ތަމްރީނެއް ކުރިއަށްގެންދަނީ
Gamugai hathiyaaraai govaathakethi beynunkohgen MNDF ge thamreeneh kuriah gendhanee

ސެންޓްރަލް އޭރިއާ ކޮމާންޑުން ހަތިޔާރާއި ގޮވާތަކެއްޗާއެކު، ގަމު އެކި ސަރަހައްދުތަކުގައި ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
ގަމު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ސެންޓްރަލް އޭރިއާ ކޮމާންޑް ( ލ. ކައްދޫ) ގައި ކުރިއަށްގެންދާ ތަމްރީނެއްގެ ބޭނުމަށް މިމަހު އަދި މިއަންނަ އޮކްޓޯބަރު މަހުގަ ހަތިޔާރާއި ގޮވާތަކެއްޗާއެކު، ލ.ގަން އަދި ގަމާއި ގުޅިފައިވާ ފަޅު ރަށްތަކުގައި ތަމްރީނު ހަރަކާތްތަކެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން މިއަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް، ލ.ގަމު މުކުރިމަގު އަވަށުން ފެށިގެން ގަމު ތުނޑީ އަވަށުގެ ހުޅަނގު އަދި އިރުމަތީ ފަރާތުގެ ޖަންގަލި ހިމެނޭ ސަރަހައްދުގައި އެ ތަމްރީނުތައް ކުރިއަށް ދާނެއެވެ.
މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންް 24 ވަނަ ދުވަހުގެ ނިޔަލަށް ވެސް ލ.ބޮޑުފިނޮޅުގައި ހަތިޔާރާއެކު ތިބޭނެއެވެ. އަދި މިއަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ބޮޑު ފިނޮޅު ސަރަހައްދުގައި ހަތިޔާރާއި ބްލޭންކްސް ވެސް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ގަމު މުކުރިމަގު އަވަށުން ފެށިގެން ގަމު ތުނޑީ އަވަށުގެ އާންމުން ދިރިއުޅޭ ސަރަހައްދުގައި ވެސް ހަތިޔާރާއި ބްލޭންކްސް ބޭނުންކުރާނެކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.