އެމްއެންޔޫ ގަމު ކެމްޕަސް ދީނީ ކުއިޒުގެ ނަތީޖާފާޅުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގަމު ކެމްޕަހުގެ ފަރާތުން ކުރިޔަށް ގެންދިޔަ ގަމު ކެމްޕަސް ދީނީ ކުއިޒް 1445 ގެ ވަނަވަނަ އަށް ދިޔަ ބައިވެރިންނަށް އިނާމު ހަވާލުކޮށްފި އެވެ.
ބުރާސްފަތި ދުވަހު ގަމު ކެމްޕަހުގައި މި ބައިވެރިންނަށް ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ކެމްޕަސް މެނޭޖަރ ޠާހާ އަބޫބަކުރެވެ. މުޅި މުބާރާތުގެ އެއްވަނަ ލިބުނީ ހިދާޔަތު ﷲ ޝަރީފް އަށެއެވެ. އަދި އީނާޝް އިބްރާހިމް އަށް ދެވަނަ ލިބުނުއިރު ތިންވަނަ ލިބުނީ ޢާއިޝަތު މިންނާ އަށެވެ.
މި މުބާރާތަކީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ގަމު ކެމްޕަހުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހިންގި ހަރަކާތެކެވެ. އެއްވަނަ އަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވާއިރު ދެވަނަ އަށް 800 އަދި ތިންވަނަ އަށް 500 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.
ގަމު ކެމްޕަސް ދީނީ ކުއިޒްގެ މައިގަނޑު މަޤްޞަދަކީ އާންމުންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ޝައުޤުވެރިކަން އިތުރު ކުރުމާއި، ދީނީ ކަންކަމަށް ހޭލުންތެރި ކުރުވުމެވެ.