ގަމު ކައުންސިލުން ތުނޑީގައި ތަރައްގީކުރި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފި
Gamu council in thundi gai tharahgee kuri volley court rasmeekoh hulhuvaifi

ލ.ގަމު ކައުންސިލުން ގަމު ތުނޑީ އަވަށުގައި ތަރައްގީކުތި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހަވީރު މި ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިދެއްވީ ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ އާއި ޅ.ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދެވެ. ވޮލީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ތަޖުރިބާ ދަތުރެއްގައި ގަމަށް ޒިޔާރަތް ކުރި ޅ. ނައިފަރު ކައުންސިލްގެ ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.
މި ކޯޓު ހުޅުވުމުގެ ގޮތުން ގަމު ތުނޑީ އަވަށާއި މަތިމަރަދޫ އަވަށުން ވަނީ ވޮލީ މެޗެއް ކުޅެފައެވެ. މި ވޮލީ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ މަތިމަރަދޫ އަވަށު ޓީމެވެ.
ގަމު ކައުންސިލުން ވަނީ އާބަދު ސަރަހައްދުގައި ތަަރައްގީކުރި ވޮލީ ކޯޓު އިއްޔެ ހުޅުވާފައެވެ. މާދަމާ ހަވީރު ގަމު މުކުރިމަގު އަވަށުގައި ތަރައްގީކޮށް ނިމިފައިވާ ވޮލީ ކޯޓު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.