ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ކެނޑޭ އަދަދު 1،000 ޑޮލަރަށް ބަދަލުކުރަނީ
Raahjein beyrugai Debit Card in kendey adhadhu 1000 dollar ah badhalu kuranee

މިއަންނަ ނޮވެމްބަރު މަހުން ފެށިގެން، ބީއެމްއެލްގެ ޑެބިޓު ކާޑުތަކުން ރާއްޖެއިން ބޭރުގައި ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރު ކުރާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިން ބޭރުގައި ޑެބިޓު ކާޑުތަކުން މިހާރު ކެނޑެނީ 500 ޑޮލަރެވެ.
ރައީސް ވިދާޅުވީ ނޮވެމްބަރު 11 އިން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދުވެސް 3000 ޑޮލަރަށް މަތިކުރައްވާނެ ކަމަށެވެ. ބޭސްފަރުވާ އަށް ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ، ބޭންކުގައި އެދުމުން ހޮސްޕިޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުފުޅުވެފައެވެ.
ރާއްޖެ އިން ބޭރުގައި ބީއެމްއެލްގެ ޑެބިޓް ކާޑުން ޑޮލަރުން ފައިސާ ދެއްކޭ އަދަދު ނޮވެމްބަރު 11 އިން ފެށިގެން މަތިކުރަނީ ބީއެމްއެލްގެ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ.