ލަސާ އާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވޭމަންޑޫ ވެޔޮ އެކަޑަމީ ގަމަށް
LASA aa eku ekuverikamuge match thakeh kulhumah Veymandoo Veyo Academy Gamah

ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ (ލަސާ) އާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ތ.ވޭމަންޑޫ، ވެޔޮ އެކަޑަމީ ލ.ގަމަށް އަތުވެެއްޖެއެވެ.
ވެޔޮ އެކަޑަމީގެ 14 އަހަރުން ދަށުގެ ހޭންޑްބޯޅަ ޓީމު ގަމަށް އައިސްފައިވަނީ މިއަދު މެންދުރު އެވެ. މި ޓީމަށް ލަސާގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ލަސާ އާއި ވެޔޮ އެކަޑަމީއާ ދެމެދު އެކުވެރިކަމުގެ ހޭންޑްބޯޅަ ހަތަރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ލަސާގެ ދެ ޓީމަކާއި ވެޔޮގެ ދެ ޓީމެއް ބައްދަލުކުރާނެއެވެ.
އެކުވެރިކަމުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ މާހިންނަ ފުޓްސަލް ދަނޑުގައެވެ. އެގޮތުން، މިރޭ ދެ މެޗެއް ކުޅެވިގެން ދާނެއެވެ. އަދި ފަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މަދަމާ ރޭގައެވެ. ވެޔޮ އެކަޑަމީ ޓީމު އަނބުރާ ވޭމަންޑުއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ލަސާ އިން ދަނީ ކުޅުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، އެކި ސަރަހައްދުތަކުގެ އެކަޑަމީ ތަކާއެކު އެކުވެރިކަމުގެ މެޗުތައް ކުޅެމުންނެވެ.