މާދަމާ ރޭ ގަމުގައި ހަވާ އަރުވަނީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަމު ދާއިރާގެ ގޮނޑި ޔޫސުފް ނަޝީދު (ޔޫތު) ކާމިޔާބުކުރެއްވުމާ ގުޅިގެން އުފާ ފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ ލ. ގަމުގައި ހަވާ އަރުވަން ނިންމައިފި އެވެ.

ލާމު އަތޮޅުގެ ހަތަރު ދާއިރާގެ ތެރެއިން ތިން ދާއިރާގެ ގޮނޑި ސަރުކާރުގެ މައި ޕާޓީ ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވަނީ ހަވާ އަރުވާނެކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.

ލާމު އަތޮޅުގެ ގިނަ ރަށްތަކެއްގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ހަވާ އަރުވަނީ ގަމުގަ އެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:15 ގައި މަގު ކޮޅު ސަރަހައްދުގަ އެވެ.

މަޖިލިސް އިންތިޚާބުގައި ލ. އަތޮޅުން ހޮވިފައިވަނީ ޔޫތުގެ އިތުރުން އިސްމާޢީލް ޝަފީޢު، އަހުމަދު ޝާކިރު އަދި ޢަބްދުއްރަހީމް ޢަބްދުﷲ އެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments